ހޯމަ, ސެޕުޓެންބަރު 06, 2010
   
Text Size

އިންސާނީ ހައްޤު ރަގަޅުކަމަށް ބެލެނީ ސިޔާސީ ގޮތުން މީހުން ހައްޔަރު ނުކުރާތީބާ ؟

ޖެނީވާގައި އޮތް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު މިވަނީ ގަބޫލުކުރަން ދަތިވާ މިންވަރަށް ރަނގަޅުވެފައި ކަމަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ވިދާޅުވެއްޖެ

އެވެ. ޑރ ޝަހީދު މިހެން ވިދާޅުވީ. ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ރަނގަޅު ވެގެން ދިޔަކަމުގައި ވިޔަސް އަދިވެސް ރަގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ

މިބައްދަލުވުމުގައި، ޑރ. ޝަހީދު ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގައި އިންސާނީ ހައްގުތަކާއި ޚިލާފަށް އެއްވެސް ކަމެއް ހިގިޔަ ނުދޭން ބޭނުންނަމަ މިކަމަށް އިތުރު ވަގުތާއި އަޅާލުން ބޭނުންވާ ކަމަށެވެ. 
  އދ.ގެ ހިއުމަންރައިޓްސް ކައުންސިލްގެ ގޮނޑިއަކަށް ދިވެހިރާއްޖެއިން ކުރިމަތި މިލީ ވޭތުވެދިޔަ ތާނގައި އެކައުންސިލާއިއެކު ކުރެވިފައިވާ ކާމިޔާބު ތަޖުރިބާތަކަށް ބިނާކޮށް ކަމަށްވެސް ޑރ.ޝަހީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ ހިއުމަންރައިޓްސް ކައުންސިލްގެ ދައުރާއި މަސައްކަތް ވަރަށް ގާތުން ދެކި އަދި ދުނިޔެއަށް ހެޔޮބަދަލު ގެނައުމުގައި އެކައުންސިލަށް ކުޅެވޭނެ ދައުރު ވަރަށް ރަނގަޅަށް އެނގޭ ގައުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިފަދަ ރޫހެއްގައި ފޮރިންމިނިސްޓަރު މަސައްކަތް ކުރައްވަމުންދާ އިރު މިޤައުމު މިދަނީ ދުވަހެއްދުވަހަކަށް އަދުލް އިންސާފުގެއްލި މަގުފޭރޭމީހުނާ ބޮޑެތި ޑްރަގްޑީލަރުންގެ ބާރު ގަދަވަމުންނެވެ. ސަރުކާރުން އިންސާނީ ހައްޤު ތަކެޭ ކިޔާ ސިޔާސީ ކަންކަމުގައި މީހުން ހައްޔަރު ކުރުން ހުއްޓާލި އެއްކަމަކު ރާއްޖޭގެ މަގުތައްވަނީ ބިރުވެރިކަން އިހުނަށްވުރެބޮޑުވެ ނުރައްކާވެފައެވެ، ވަޅިހެރުމާ ފޭރުމާ ރޭޕްކުރުންވަނީ ނުހުއްޓުވިފައެވެ. އިންސާނީހައްޤު ލިބެންވާ ރައްޔިތުންގެ މީހުން ތިބީ ހައްޤު ގެއްލިފައެވެ، މަގުތައްމަތިން އަނިޔާލިބޭމީހުނަށް އިންސާފުހޯދާދިނުމުގެ ބާރެއް މިޤައުމަކުނެތެވެ، ވަގުންނާ ޑްރަގުޑީލަރުން މިޤައުމުގެ އަދާލަތު ވަނީ ހިސޯރުކޮށްފައެވެ.  ސިޔާސީ ކުއްވެރިންގެ އިންސާނީ ހައްޤު ލިބިދެވުނީމަ އެ ޤައުމެއްގައި އިންސާނީ ހައްޤު ޤާއިމުކުރެވުނީ ކަމަށް ދުނިޔެ ދެކޭނަމަ މިޤައުމަކީ ފުރިހަމައަށް އިންސާނީ ހައްޤު ތައް ލިބިފައިވާ ޤައުމެއްކަން ޔަޤީނެވެ،

އިޝްތިހާރު ކުރެއްވުމަށް

Banner