ހޯމަ, ސެޕުޓެންބަރު 06, 2010
   
Text Size

ކިތަންމެ ވަރަކަށް ކުށް ކުރިއަސް ސާބިތެއް ނުކުރެވޭނެ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާ އެއްގައި ކުރަމުން ގެންދިއަ މީހެއްކަމަށްވާ ހ ރީދޫގެ އާދަމްނަސީރުގެ ގެ މައްޗަށް ކޯޓޫން ކުށްސާބިތު ނުވުމުގެ ސަބަބުން އޭނަ ދޫކޮށްލާ އަދި އޭނަ އެފައިސާތަކެއް ހޯދި ގޮތެއްނޭ ގޭ ފަސްމިލިއަނަށްވުރެ ގިނަ ފައިސާ އޭނައަށް ދޭންޖެހޭނެ ކަމަށް ކޯޓުން ނިންމީ ކޮންކަހަލަ ހެކި ތަކެއް ނެތިގެން ތޯ ބަލަން ޖެހޭ ހިސާބަށް ކަނތައް ހިގައްޖެ ކަމަށް ފެނެއެވެ.
މި އާދަމް ނަސީރަށް ފުފލުހުން ފާރަލައިގެން މީނަ ވަޅުލާފައި ހުރި ޑްރަގް ތަކެއްނަގާ ގިނަދުވަހު ހަލާކުނުވެ ހުންނަގޮތަށް ލަކުޑި ވަތްގަޑެއްގައި ބަންދުކޮށް ނުހުޅުވޭގޮތަށް ހަދާފައިހުރި އެތައްމިލިއަން ރުފިޔާ ތަކަކީ މި އާދަމް ނަސީރު ޑްރަގްވިއްކައިގެން ހޯދި ފައިސާ ކަން ސާބިތު ނުކޮށްދެވުމުން މިފައިސާތައް މީނައަށްދީ މިނިވަން ކުރުމަށް އެންގިމީހުން މީނަ އެތައް މިލިއަން ރުފިޔާއެއްހޯދި ގޮތާ މެދު އެންމެ ފަހަރަކުވެސް ސުވާލު ކޮށްލިކަމެއް އެގިފަކާ ނެތެވެ،
ސަރުކާރުން މިރާއްޖޭގެ ޅަދަރިން  ޑްރަގުން ސަލާމަތް ކުރެވޭތޯ ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާއިރު މިރާއްޖޭގެ އަދާލަތު ހިފަހައްޓަން ތިބިމީހުންގެ ފަރާތުން މިކަމަށް އެއްބާރުލުމެއްނުދޭތާގައި ޑްރަގުގެ ވިޔަފާރި ކުރާމީހުންގެ ދިފާއުގައިވެސް މަސައްކަތްކޮސް އެމީހުން މިނިވަން ކޮށްދެނީ އެވެ،
ފުލުހުން ގެ ފަރާތުން އާދަމްނަސީރުގެ މައްޗަށް ހުށައެޅި ދައުވާގައި އޭނަގެ އަތުގައި ހުރި ގިނަ ފައިސާތަކަކީ ކޮންތާކުން ހޯދި ފައިސާ ތަކެއްތޯ އާ މީހަކުދިން އެއްޗެއްނަމަ އެއީ ކާކުތޯ އާ މަސައްކަތް ކޮށްގެން ހޯދި ފައިސާ ތަކެއް ކަމަށް ބުނާނަމަ ކުރި މަސައްކަތަކީ ކޮބައިތޯ މިޤައުމުގެ ޅަދަރިންގެ ހައްޤުގައިވެސް އަހާލަން އެއންމެ ރަގަޅުނޫންތޯއެވެ، ނަމަވެސް މިކަމުގައި މުޅިން ސުވާލުކޮށްފައިވަނީ ފުލުހުންނަށް އެޑްރަގުތައް އެއީ އޭނަގެ ތަކެތި ކަން އެގެނީ ކިހިނެއްތޯއާ އެފައިސާ ތަކަކީ ޑްރަގުވިއްކައިގެން ހޯދި ފައިސާ ތަކެއްކަން އެގެނީ ކިހިނެއްތޯއެވެ، އެންމެފަހަރަކުވެސް ކޮންތާކުން  ކިހިނެއްހޯދި ފަސްމިލިއަން ރުފިޔާ އެއްތޯ އަހާލައިފި ނަމަ ތިލަފަތް ހަމަހަމަކޮށް ގެންދެވުނީހެވެ، ނަމަވެސް މިޤައުމުގެ އަދާލަތުގެ ހާލު މިވަނީ ބިރުވެރި އަދަވަޅެއްގެ ތެރެއަށް ވެއްޓިފައެވެ، މީހުން މަރާމިހެއްގެ މައްޗަށްވެސް ، ޑްރަގު ވިއްކާމީހަކު ގެ މައްޗަށްވެސް ކުށެއްސާބިތެއް ނުކުރެވެއެވެ، ނަމަވެސް ފުލުހުން އެމީހެއްގެ ޖީބަށް ޑްރަގު ލާފައި ކޯޓަށް ގެންދިއުމުން ސާބިތުވެއެވެ.
ރާްޖޭގެ އަދުލުވެރި ކަމުގެ ހާލަތު މިހާރު ހުރި ހިސާބަކީ ޑްރަގު ވިއްކަނިކޮށް މީހަކު އަތުލައިގަތް ނަމަވެސް އެޑްރަގު އެއީ އެމީހާ ވިއްކަނީ ކަން ސާވިތު ކޮށެއް ނުދެވޭނެއެވެ، މީހެއްގެ ގަޔަށް ވަޅިއެއް ހަރާލާތަން ފެނުނަސް ކަފައިގެން ދިއަތަން އެއީ އެވަޅިން ކަފާލި ތަނެއްކަން ސާބިތު ކޮށްނުދެނީސް ކޯޓަކުން ބަލައެއް ނުގަންނާނެ އެވެ، މީ މިއަދުގެ މިރާއްޖޭގެ އަދުލުވެރިކަން ހުރިމިންވަރެވެ، ޓެންޒެނީޔާ ފަދަ އަދި އެފްރިކާގެ ބައެއް ގައުމުތައް ފަދައިން އެމީހަކަށް މެރުނު މީހަކު މަރާ ލޫޓުވުނު ތަނެއް ލޫޓުވާލަންވީއެވެ. ކުއްކުރާ މީހާގެ މައްސަލަ ސާބިތެއްނުވާނެއެވެ. މިވަރުވެގެން ދާއިރު މިޤައުމުގެ ރައްޔިތުން ހޭލަން ވެއްޖެއެވެ، އިންސާފު ޤާއިމުކުރެވޭނެ ގޮތެއް ހޯދަން އެބަ ޖެހެއެވެ. ނޫންނަމަ މިޤައުމަކީ ހުސް ކުއްކުރާ މީހުން ދިރިއުޅޭ ޤައުމަކަށް ދާދި އަވަހަށް ސީލްކުރާތަން އަންނާނެއެވެ.

އިޝްތިހާރު ކުރެއްވުމަށް

Banner