ޤައުމީ އިއްތިހާދުގެ ފަރާތުން ނޫސްބަޔާނެއް ނެރުއްވައިފި
ރާއްޖޭގެ ބައެއް މަދަނީ ޖަމްއިއްޔާތަކުން ބައިވެރިވެގެން އަދާލަތު ޕާޓި އިން އިންތިޒާމު ކޮށްގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާގައި ޤައުމި އިއްތިހާދުން ބައިވެރިވާ ގޮތަށް ހަމަޖައްސައިފި
އެވެ، މި މުޒާހަރާ އަކީ ރާއްޖޭގައި ހެދޭ ޓުއަރިސްޓް ހޮޓާތަކުގެ ތެރެއިން ސަތޭކަ އެދަށްވުރެ ގިނައިން އެދު ހުންނަ ހޮޓާތަކުގައި ބާރ ހަދައިގެން ރާވިއްކުކުގެ ހުއްދަ ސަރުކާރުން ދެއްވުމަށް ކަޑައަޅުއްވާފައިވާ ޤަވާއިދެއް ޓްރޭޑް މިނިސްޓްރީ އިން އެމިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢި ކުރުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ބާއްވާ މުޒާހަރާއެކެވެ،
ޤައުމީއިއްތިހާދު ގެ ފަރާތުން މިކަމާގުޅިގެން ނޫސްބަޔާނެއް ވެސް ވަނީ ނެރުއްވާފައެވެ، މިނޫސް ބަޔާނުގައިވަނީ " މީހުން ދިރިއުޅޭ ރައްރަށުގައި ބަގުރާ ވިއްކުމުގެ ހުއްދަ ވަކި ޤަވައިދެއްގެ ދަށުން މާރޗްމަހުގެ ފުރަތަމަ ދުވަހުންފެށިގެން ، ސަރުކާރުން އަމަލުކުރުމަށް ނިންމެވި ނިންމެވުމަކީ މިޕާޓީ އިން އެކަމާ ވަރަށް ކަންބޮޑުވެ ހިތާމަ ކުރާ ކަމެކެވެ، މިޕާޓި އިން ޤަބޫލުކުރާ ގޮތުގައި ޑިމޮކްރެޓިކް ސަރުކާރަކުން ރައްޔިތުންގެ ވިންދާ ރައްޔިތުންގެ ޚިޔާލަށް އިޖާބަ ދިނުމަކީ ލާޒިމުކަމެކެވެ، ވިމާ ވީ އެންމެ އަވަސް މުއްދަތެއްގައި ފުޅާދާއިރާ އެއްގައި މިކަމާމެދު ، މަޝްވަރާކޮށް މިމައްސަލަ ހައްލުކުރުމީ ޤައުމީ މަސްލަހަތު މިކަމުގައި އެކުލެވޭ ކަމެއްކަމުގައި ދެކެމެވެ، މިގޮތުން ސަރުކާރުގައި އެކުލެވޭ ގުޅިފައިވާ ޕާޓި ތަކާ ، ދީނީ އެކިއެކި ޖަމާއަތްތަކާއި ، މަދަނީ ޖަމުއިއްޔާ ތަކާއި ، ވިޔަފާރިވެރިންނާއި، މަޝްވަރާކުރެއްވުމަށް ގޮވާލަމެވެ. " މިހެނެވެ.
ޤައުމީ އިއްތިހާދު ޕާޓި އަކީ އެމްޑިޕީ ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި އެންމެ ފުރަތަމަ އެޕާޓީއާއެކުވި ސިޔާސީ ޕާޓީއެވެ، އެމްޑީޕީގެ ފަރާތުން ކެނެރީގޭ މުހަންމަދު ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލެއްވިއިރު ރިޔާސީ ކެންޑީޑޭޓުގެ ރަނިންގްމޭޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ޤައުމީ އިއްތިހާދުޕާޓީގެ ލީޑަރު ކަމުގައިވާ ޑރ މުހަންމަދު ވަހީދު ހަސަންމަނިކެވެ. އެހިސާބުން ފެށިގެން އެމްޑީޕީ އާއެކުގައި މަސައްކަތްކުރާ ޤައުމީ އިއްތިހާދު މިވަނީ މިއަދު ރައީސްނަޝީދުގެ ނިންމެވުންތަކާ ކޮންމެވެސްވަރަކަށް ޚިޔާލު ތަފާތުވެފައިކަން މިނޫސްބަޔާނުން ފާހަގަވެއެވެ، މިހެން މިކަން ދިމާވަމުން މިދަނީ މިދެޕާޓިގެ ދެމެދުގައިވެސް މަޝްވަރާކުރެވެމުން ނުދާތީކަމަށް ޤަބޫލުކުރެވެއެވެ.
އިޝްތިހާރު ކުރެއްވުމަށް