ހޯމަ, ސެޕުޓެންބަރު 06, 2010
   
Text Size

ނިމިދިއަ ސަރުކާރު ގައިވެސް ޑޮލަރު ނުލިބޭކަމަށް ޔާމިނު ވިދާޅުވެއްޖެ.

ރާއްޖޭގެ ވެރިކަމުގައި މައުމޫނު ހުންނެވި ދުވަސްވަރު ރާއްޖެއަށް ޑޮލަރުލިބުންދަތިވެ އެސްޓީއޯއަށްވެސް ޑޮލަރު ނުލިބޭކަމަށް އޭރު ސަރުކާރުގެ ޓްރޭޑް މިނިސްޓަރކަންކުރެއްވި ޔާމިނު އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ . އަދި ލަންކާއިން ބައްލަވައިގެންނެވި ސައިފަތްދަޑު ބައްލަވައިގަތީވެސް އެސްޓީއޯއަށް ބޭނުންވާ ޑޮލަރު ނުލިބޭތީ އެކްސްޕޯޓް ޕްރޮޑަކްޓެއް ހޯއްދެވުމުގެ ބޭނުންފުޅުގައި ކަމަށް ޔާމިނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ގެ ސަރުކާރުގެ ޓްރެޒަރީއިން ޑޮލަރުވިއްކިއަސް އޭރު ޑޮލަރު ނުވިއްކާކަމަށެވެ.
މުހަންމަދު ނަޝީދު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޭނުންވާވަރަށް ޑޮލަރު ނުލިބެނީ ކަމަށާ ، މިހާރުގެ ސަރުކާރުގެ ނާޤާބިލުކަމުން ރައްޔިތުންބޭނުންވާ ވަރަށް ޑޮލަރު ހޯދާނުދެވެނީ ކަމަށް  ގިނަބަޔަކަށް ވިސްނާދެވޭތޯ އިދިކޮޅު މީހުންގެން ދިއައީ ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންނެވެ، އަދި ކުރީގެ ސަރުކާރުން ނަހަމަގޮތުގައި ފައިދާތައް ވެފައިތިބި ވިޔަފާރިވެރިން އެމީހުންގެ ވިޔަފާރީގައި ލިބޭ ބޭރުފައިސާތައް ބާޒާރަށް ނުނެރި ފޮރުވައިގެން މިހާރުގެ ސަރުކާރަށް ދަތި ކުރުމަށް މަސައްކަތް ކުރަމުންގެން ގޮއްސަފައިވާކަމީ އެންމެން ވެސް ދަންނަކަމެކެވެ. އެމީހުންގެ ކޮންޓްރޯލުގައި ޕްރައިވެޓް ޓީވީ އާ ރޭޑިއޯ ހުރުމާއެކު އެވަސީލަތްތައް ބޭނުންކޮށްގެން ހިތައްއެރިހާ ވާހަކައެއް ގެންދިއައީ ދައްކަމުންނެވެ، އެގޮތުން މިހާރު ޑޮލަރެއްނުލިބެއޭ ކިޔާ އަޑުހަރުކުރި މީހުންގެ ތެރޭގައި ޔާމިނަކީވެސް ފާހަގަކުރެވޭމީހެކެވެ، ނަމަވެސް އެބޭފުޅުން ކުރައްވާފައިވާ ބައެއްކަންތައް ދިފާއުކުރައްވަން ޖެހިވަޑައިގަންނަވާ ވަގުތު ތަކުގައި ދައްކަވާ ވާހަކަތަކުން ހަޤީގަތް ހާމަވާފަހަރުވެސް އަންނަނީ މަދެއްކޮށް ނޫންކަމުގައި ފާހަގަ ކުރަމެވެ. ހަޤީގަތަކީ މީކަމަށްވާއިރު ޑޮލަރު ލިބުން ދަތިވެފައިވަނީ ހަމައެކަނި ނަޝީދު ސަރުކާރާ ހަވާލުވިފަހުން ކަމަށް ވާހަކަދައްކާ ރައްޔިތުންގެ ހިތުގައި މިހާރުގެ ސަރުކާރާ މެދު ހިތްހަމަނުޖެހުން އިތުރުކުރުވުން މިއީ އަމިއްލައެދުން ތަކަކާއެކު ޚާއްސަކޮށް ޑީއާރުޕީ މީހުން ހިންގާފައިވާ ސިޔާސީ ކަންތައްތަކެއްކަން މިހިރަދަނީ ހާމަވަމުންނެވެ. އެހެންވީމަ ބަޔަކު އަދި ހަމަވާހަކަ އެއްދެއްކި ކަމުގައިވިއަސް އެކަމެއްގެ ހަޤީގަތް ސާފުނުކޮށް އެކަމެއް ޤަބޫލުކުރާކަށް ނުވާނެކަން ހަދުމަފުޅުކޮށް އަރުވަމެވެ.

އިޝްތިހާރު ކުރެއްވުމަށް

Banner