ރާހުލްގާދީ ރާއްޖެ ވަޑައިގެންފި
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީ މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ. ރާހުލް ގާންދީގެ މިދަތުރުފުޅަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ
.
މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ރާހުލް ގާންދީއަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. މީގެއިތުރުން ރައީސްއޮފީހުގެ އިސް ބައެއްބޭފުޅުން އިސްތިގްބާލުގައި ތިއްބެވިއެވެ.
އިންޑިއާ ގެ ވެރިކަންކުރާ ޕާޓިގެ އުއްމީދުތައް އެމީހަކާއެކު ލާމެހިފައިވާ ރާހުލް ގާދީ ރާއްޖެއަށް މިވަޑައިގެންނެވި އިރު މިރާއްޖެވަނީ އިންޑިއާގެ ބޮޑެތި އިންވެސްޓްމެންޓް ތަކަކަށް އިންތިޒާރުކޮށްކޮށެވެ، އެގޮތުން ކަރަންޓާ ،ބޯހިޔާވަހިކަމާ ، ސިއްހަތާ ، ތޫރިޒަމަށް އިންޑިއާގެ ކުންފުނިތަކުން ބިލިއަނަކަށްވުރެ ގިނަ ޔޫއެސް ޑޮލަރު މިރާއްޖެއަށް އެތެރެވަނެ ކަމުގައި ޚަބަރުތައްބުނެއެވެ. ރާހުލްގެ މިދަތުރުފުޅުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާމެދު ބޮޑުވެގެންދާނެ ކަންކަށަވަރެވެ.
ޖަވާހިރުލާލް ނެހުރޫ އަށް ކާފަވިދާޅުވާ ރާހުލް އަކީ މުސްތަޤުބަލުގައި ކޮންގްރެސްޕާޓީގެ ލިޑަރުކަންކުރާނެ ފަރާތްކަމަށް މުޅިއިންޑިއާ އެންމެންހެން ޤަބޫލުކުރާ ސިޔާސީ ސަޚްސެކެވެ. ރާހުލްގާދީ އަކީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ލީޑަރު ކަމުގައިވާ ސޯނިޔާގާދީގެ ދަރިކަލެކެވެ، އަދި މިހާރުވެސް ޕާލިމެންޓްގެ ގޮޑިއެއްފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އިޝްތިހާރު ކުރެއްވުމަށް