ހުޅުމާލޭގައި އާންމުޚިދްމަތްދޭ ތަންތަން ނައިބްރަޢިސް ބައްލަވާލައްވައިފި.
ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ހަސަންމަނިކު ހުޅުމާލޭ އާންމު ޚިދަމަތްދޭ ނިޒާމާ ، ހުޅުމާލޭ ފެރިގެ ނިޒާމު ގެ ޚިދަމަތް އަމިއްލަފުލަށް ތަޖްރިބާކޮށްލެވުމަށް މިއަދު ހަވީރު ހުޅުމާލެއަށް ޒިޔާރަތް ކުރައްވައިފިއެވެ. އެމަނިކުފާނު ހުޅުމާލެއަށް ދަތުރުފުޅު ކުރެއްވީ ހުޅުމާލެ ފެރީގައި ޢާންމު ރައްޔިތުންނާ އެކުގައެވެ
.
ނައިބު ރައީސްގެ މިދަތުރުފުޅުގައި، ވަޑައިގެންނެވީ އެއްވެސް ތަނަކަށް ކުރިން ނުއަންގަވާ އެތަންތާގެ އާންމު ހާލަތު ދެކިވަޑައިގެންނެވުމަށެވެ. ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން ހުޅުމާލެ ބެލެހެއްޓުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތައް ބައްލަވާލައްވައި، ޕޮލިސްސްޓޭޝަންއިން އެކަމުގެ މަޢްލޫމާތު ހޯއްދެވިއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އެވަގުތު ގޮސް ތިބި ބަލިމީހުންނާ ބައްދަލުކޮށްލެއްވިއެވެ. އަދި ހޮސްޕިޓަލަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި، ހޮސްޕިޓަލްގެ ޚިދްމަތް މިހާރަށްވުރެ ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވިއެވެ.
ހުޅުމާލޭ އިންޖީނުގެއަށާއި، ހުޅުމާލޭގައި ފެނުގެ ޚިދްމަތްދޭ ޢިމާރާތަށްވެސް ނައިބު ރައީސް ޒިޔާރަތް ކުރައްވައި، އެދެތަނުގެ ކަންތައްތައްވެސް ބައްލަވާލެއްވިއެވެ.
ނައިބު ރައީސްގެ މިދަތުރުފުޅުގައި، ހުޅުމާލޭގައި ފެރީގެ ޚިދްމަތް ދެވޭގޮތާބެހޭ މަޢްލޫމާތުވެސް ހޯއްދެވިއެވެ. އަދި ފެރީގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރަން ޖެހިފައިވާ ކަންތައްތަކާއި، ހުޅުމާލޭގައި ޢާންމުންނަށް ޚިދްމަތްދޭ އެހެނިހެން ތަންތަނުންވެސް ޚިދްމަތް ދިނުމުގައި ރަނގަޅު ކުރަން ޖެހިފައިވާ ކަންތައްތައް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގެ އާންމުޚިދަމަތްދޭ ތަންތަން ބައްލަވާލެއްވުމަށްފަހު ނައިބްރައީސް ވީދާޅުވީ އާންމުޚިދްމަތްދޭ ތަންތަނުގައި ރަގަލު ކުރަންޖެހޭ ކަންތައްތައްތަކެއް އެބަހުރިކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. އަދި މިދަތުރުފުޅުގެ ބޭނުންފުޅަކީ އެކިފަރާތް ފަރާތުން ފެރީގެ ދަތުރު ފަތުރު ހުރިގޮތާބެހޭގޮތުން އިވިވަޑައިގެންފައިވާ އަޑުތަކުގެ ސަބަބުން އެމަނިކުފާނު މިކަންކަން އަމިއްލަ ފުޅަށް ތަޖްރިބާ ކުރެވުމަށްފަހު ރައްޔިތުންނަށް ފަސޭހަވާނެގޮތްގޮތަށް އެކަންކަން ބަދަލުކުރެއްވުމަށް ފަސޭހަފުޅުވާނެތީ ކުރެއްވި ދަތުރުފުޅެކެވެ. މިގޮތުން ފެރީގެ ޚިދްމަތް އެހެންފޭސް އަކަށް ގެންދަންޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައިވެސް ހިގާމާރާމާރީތައް ހުއްޓުވުމަށް ފުލުހުން ގެންގުޅުއްވާ އުސޫލުތައް ހަރުދަނާކުރެއްވުމަށް ކުރައްވާކަންތައްތައް ބައްލަވާލައްވާ އެކަންކަމުގައި އިތުރަށް ކުރެވެންހުރި ކަންތައްތަކާ މެދު ވާހަކަދެއްކެވިކަމަށްވެސް ނައިބްރައީސް ވިދާޅުވި އެވެ.
އިޝްތިހާރު ކުރެއްވުމަށް