ހޯމަ, ސެޕުޓެންބަރު 06, 2010
   
Text Size

މައުމޫނު އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވަފާނެތީ ތޮއްޑޫޢަލީ ވަހީދު އެކަމާ ހިތްހަމަނުޖެހިއްޖެ.

 ޑީއާރުޕީ އޮފީސްތެރޭގައި ޕީޕަލްސް އެލައަންސް މެމްބަރުންނާ ޑީއާރުޕީ މެމްބަރުންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައިފިއެވެ.
ޑިއާރުޕީ އޮފީސް ދޮރުމަތިން ބައްދަލުވި މީހަކު މައުލޫމާތު ދިން ގޮތުގައި މި ހަމަނުޖެހުން ހިނގަން މެދުވެރިވީ، މިއަދު މާފުށީ ޖަލުގައި މަރުވި މިހާގެ މަރާ ގުޅިގެން ޕީއޭއިން އިހްތިޖާޖު ޓީމު ނެރެ އެއްވުމެއް ބާއްވަން ރޭވުމުން ޑީއާރުޕީން އެކަމާ އިންކާރު ކުރުމުން ކަމަށަށެވެ.


"އެއީ ޔާމީނު ރޭވި ކަމަކަށް ވާތީ ތަސްމީނު ކުރަން ބޭނުން ނުވީކަންނޭގެ." ޑީއާރުޕީގެ މެމްބަރު މައުލޫމާތު ދެމުން ބުންޏެވެ.
ނަމަވެސް ހަމަ އެހިސާބުގައި ހުރި އެހެން މީހަކު (ލަފާ ކުރެވޭގޮތުގައި ޑީއާރުޕީގެ މެމްބަރެއް) ބުނި ގޮތުގައި، މިރޭ ޑީއާރުޕީ އޮފީހުގައި ޖެހުނު މައްސަލައަކީ، މައުމޫނު އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވަފާނެ ކަމުގެ އިޝާރާތެއް ވެގެން ކަމަށް ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަލީ ވަހީދު އެކަމާ ހިތްހަމަނުޖެހިގެން، "އަދިވެސް އެ މުސްކުޅިމީހާ ހެއްޔޭ..." ފަދަ އިބާރާތަކުން ވާހަކަ ދެއްކުމުން އެހެން މެމްބަރުން އެކަމާ ނުރުހުންވެގެން ހިނގި ހަމަނުޖެހުމެއް ކަމަށެވެ.
މީގެ އިތުރުން، މާދަމާ ތަސްމީނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ތިން ލައްކަ ނޫނީ ހަތަރު ލައްކައެއްހާ ޑޮލަރުގެ ދައުވާއެއް ކޯޓަށް ވައްދަން އުޅޭކަމުގެ މައުލޫމާތު ލިބިގެން މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެން ހަމަނުޖެހުމަކަށް ބަދަލުވީ ކަމަށްވެސް ޑިއާރުޕީ އޮފީސް ދޮށުގައި މިރޭ 12 ޖަހާ އެހާކަންހާއިރު ތިބި ބަޔަކު ބުނަމުން ދިޔައެވެ.
ކޮންމެއަކަސް މިރޭ ޑިއާރުޕީ އޮފީސް ތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިނގިކަން ވަނީ ކަށަވަރު ވެފައެވެ. މިރޭ ޚަބަރު ލިބުނު ގޮތުގައި، ޑީއާރުޕީގެ ކޮންގްރެސް 'ފަނި' ކޮށްލުމަށް ޔާމީނު ވަނީ ޑީއާރުޕީގެ ތެރެއިން ބަޔަކު ތައްޔާރު ކޮށްފައެވެ. އަދި ޕީއޭއިން ދަނީ ތަސްމީނު ޑީއާރުޕީގެ ޒައީމުކަމުން ދުރުކުރުމަށް ގާނޫނީ ހުކުމެއް ކުރުމަތި ކުރުވުމަށް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. އެއް ދައުވާއަކަށް ފަހު އަނެއް ދައުވާއެއް ތަސްމީނުގެ މައްޗަށް އުފުލާނެ ކަމުގެ ޚަބަރެއްވެސް ވަނީ ލިބިފައެވެ.
މި ދެކެވޭ ވާހަކަތަކުގައި ހުރީ ކިހާވަރެއްގެ ބުރަދަނެއްކަން ޔަގީންވާ އެއްވެސް ހެއްކެއް އަދި ވަނީ ނުލިބިފައެވެ. ނަމަވެސް ދާދި އިހަކަށް ދުވަހު ތަސްމީނުގެ މައްޗަށް ޔާމީން ހުށަހަޅައި ކޯޓުގައި ރަޖިސްޓްރީ ކުރި އެއްލައްކަ ޑޮލަރުގެ މައްސަލައާ އަދި އެ މައްސަލައިގައި ތަސްމީނު ލަސްނުކޮށް އެ ދައުވާ ކުރި އެއްލައްކަ ޑޮލަރު ޔާމީނަށް އަނބުރާ ދިނުން ވެގެން ދިޔައީ، ތަސްމީނާ ޔާމީނުގެ ދެކޮޅުވެރިކަން ހާމަވެގެން ދިޔަ ހަގީގަތަކަށެވެ.
ޑީއާރުޕީގެ ކޮންގްރެސް އަކި ތަސްމީނަށް މިހާރު އޮތް އެންމެ މުހިންމު ކަންތަކަށް ވާއިރު، މަޝްރަޚު ހޫނު ކުރުމަށް ޔާމީނު ކުރާ ކޮންމެ ކަމެއް ފިނިކޮށްލުމަށް ތަސްމީނު ގެންދަވަނީ އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުން ކަމަށް ފާހަގަ ކުރެވެއެވެ. ޑީއާރުޕީ ސަލާމަތުން ބާއްވައިގެން އެންމެ ބޮޑު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕާޓީގެ އެންމެހާ ކަންކަން ހަރުދަނާކޮށް އަންނަ ރިޔާސީ އިންތިހާބަށް ޕާޓީ ފައްކާ ކުރުމަކީ ތަސްމީނުގެ އަޒުމް ކަމުގައި އެޕާޓީގެ ގިނަ މެމްބަރުންނެއް ދަނީ ބުނަމުންނެވެ. މިކަމުގައި ޔާމީނު ހުރަކަށް ވިޔަ ނުދެއްވާނެ ކަމަށް ތަސްމީނު މަސައްކަތްޕުޅު ކުރައްވާގޮތުން އެނގޭކަމަށްވެސް ޕާޓީގެ މެމްބަރުން ހާމަ ކުރެއެވެ.
ޑިއާރުޕީއާ ޕީއޭގެ ކޯޅުންގަނޑު ބޮޑުވެ ހަނގުރާމައަކަށް ސިޔާސީ ކަނޑިތައް ތޫނުކުރަމުންދާ ދަނޑިވަޅުގައި، ޑިއާރުޕީގެ ކުރީ މެމްބަރު އަދި ސ. ފޭދޫ ދާއިރާ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލްހާން ފަހުމީ މިއަދު އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަމުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕާޓީއަކަށް ވަންނަ ވަގުތު ޖެހިއްޖެ ކަމަށާ، ޕާޓީއަކަށް ވަންނަ ނަމަ ވަންނާން އޮތީ އެމްޑިޕީއަށް ކަމަށެވެ. އަލްހާން ވިދާޅުވީ، އެމްޑީޕީގައި ހިތްހަމަ ނުޖެހޭ ކަންތައްތަކެއް އެބަ ހުރިކަމަށާ ނަމަވެސް އެކަންކަން ރަނގަޅު ކުރެވިދާނެ ކަމަށެވެ . ޚަބަރު ސަންދާނުންނަގާފައި.

އިޝްތިހާރު ކުރެއްވުމަށް

Banner