ހޯމަ, ސެޕުޓެންބަރު 06, 2010
   
Text Size

ކުއްވެރިންނަށް މަޢާފް ދިނުމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ޑިސެމްބަރު 31ވި ބުރާސްފަތި ދުވަހު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 82 ވަނަ ޖަލްސާއިން ފާސްކުރެއްވި [މަޢާފުދިނުމާއި އަދަބުލުއިކޮށްދިނުމުގެ ބިލް] ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

 ތަޞްދީޤު ކުރެއްވުމާ ގުޅިގެން މިޤާނޫނު ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މަޢާފްދިނުމާއި އަދަބުލުއިކޮށްދިނުމުގެ ޤާނޫނަކީ، ޖިނާއީ ކުށްތަކުގައި ޙުކުމް ކޮށްފައިވާ އިސްތިޢުފާނު ކުރުމުގެ އިތުރު ފުރްޞަތެއް ނެތް މީހުންގެ ތެރެއިން ވަކިވަކި ފަރުދުންގެ ކުށަށް މަޢާފްކޮށްދިނުމާއި، އަދަބު ލުއިކޮށްދިނުމުގެ އުޞޫލުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޒ) އާ ޙަވާލާދީ ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ ބޭނުމަކީ، ޖިނާއީ ކުށެއްގެ ޙުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ޝަރުޢީ ނިޒާމުގެ ތެރެއިން އިސްތިއުނާފު ކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންނަށް، މަޢާފު ދިނުމާއި، އަދަބުލުއިކޮށްދިނުމުގެ އުޞޫލުތަކެއް، މި ޤާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅައިދިނުމެވެ. އަދި ޖިނާއީ ކުށެއްގެ ޙުކުމް އިއްވާފައިވާ މީހެއްގެ ޢުމުރަށް ބަލައި، ނުވަތަ އޭނާގައި ހުރި ބައްޔަކަށް ބަލައި، ނުވަތަ އޭނާ ހޯދަމުންދާ ޞިއްޙީ ފަރުވާއަކަށް ބަލައި، ނުވަތަ އޭނާ ހުރި ވަގުތަށާއި ޙާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރުން ބަލައި، އޭނާގެ އަދަބަށް ލުޔެއް ހޯދައިދިނުމުގެ އުޞޫލެއް، މިޤާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅައިދިނުމާއި، މި ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޢަފޫޢާންމު ދިނުމުގެ އުޞޫލު ކަނޑައަޅައިދިނުމެވެ.

އިޝްތިހާރު ކުރެއްވުމަށް

Banner