މާލޭމުނިސިޕަލްޓީ ހިންގުމަށްޤާނޫނެއް އޮންނަކަން އެގިވަޑައިގަތީ މިދިއަ ހަފްތާގައި
މާލޭގެ ބިންބިން 600 އަކަފޫޓަށްވުރެ ކުޑަވާގޮތަކަށް ބަހާ ނުދެވޭނެ ކަމަށް ޤާނޫނުގައި ކަޑައެޅިފައިވާއިރުވެސް މިޤާނޫނާ ޚިލާފަށް ބިންތައް ބަހަމުން ގެންގޮއްފައިވާ ކަމަށް މުނިސިޕަލްޓީގެ ރައީސް އާދަމްމަނިކު ވިދާޅުވެއްޖެއެވެ.
އެޑަމް ވިދާޅުވާގޮތުގައި 600 އަކަފޫޓަށްވުރެން ކުޑަކޮށްމާލޭގެ ގޯތިތައް ބަހާނުދެވޭނެކަން އާދަމްމަނިކަށް އެގިވަޑައިގަތީ މިދިއަ ހަފްތާގައި ކަމަށްވެސް ވިދާޅުވިއެވެ. އާދަމްމަނިކުވިދާޅުވީ " އަޅުގަޑަށް މިކަން މިއެގުނީ މިހެން ޤާނޫނުތަކާ ޤަވާއިދުތައް އޮންނަކަން އެގުނީ މިދިއަ ހަފްތާގައި އަޅުގަޑުމެން މިހާރު މިވިސްނަނީ މިކަމަށް ހައްލެއް" މާލޭގެ މުނިސިޕަލްޓީ ހިންގެވުމާ ހަވާލުވެ ހުންނަވާތާ އަހަރު ދުވަހާ ކައިރިވެފައިވާއިރު އެމުއައްސަސާ ހިންގަންވާ ޤަވާއިދު ތަކާ ޤަނޫނުތައް އެގިވަޑައިނުގެންކަން އެއީ މިއަދު އަދަމް މަނިކަށް މުނިސިޕަލްޓި ހިންގެވުމަށް ދިމާވެފައިވާ ދަތިތައް ކަމުގައި ބެލެވިދާނެއެވެ.ނިމިދިއަ ސަރުކާރުންނާ މިހާރު މިހިގާ އިއްތިހާދުގެ ސަރުކާރުންވެސް މުނިސިޕަލްޓީގެ ޤާނޫނާ ޚިލާފަށް މާލޭގެ ބިންބިން ބަހާދީފައިވާކަމަށް އާދަމްމަނިކުވިދާޅުވިއެވެ. އަދި މިހާރު ޤަވާއިދު އޮތްކަން އެގިވަޑައިގެން ހިސާބުން އެކަން ހައްލުކުރައްވަން މަސައްކަތް މިވަނީ ފައްޓަވާފައެވެ. ނަމަވެސް އެއްބަޔަކަށް 600 އަކަފޫޓު ހަމަނުވާ ގޮތަށް ގޯތިތައް ބައިކޮށްދިނުމުގެ ސަބަބުން މިކަމަށްބޭނުންވެފައި ތިބި އެހެންމީހުން މިމައްސަލަ މިވަނީ ފެންމަތިކޮށްފައެވެ،
ޤާނޫނެއް މިކަމަށް ހެދިފައިވަނިކޮށް އެޤާނޫނާ ޚިލާފަށް ވަކިބަޔަކަށް ގޯތިބަހާދީފައިވާނަމަ މިކަމަކީ ކިހިނެއް ހިންގާފައިވާ ކަމެއްތޯ އެބަ ބަލަން ޖެހެއެވެ. ކޮރަޕްޝަނުގެ ކުލަވަރު މިކަމުގައި ވަނީތޯ ނުވަތަ ގާތްބަޔަކަށް ނުފޫޒުގެބޭނުންކޮށް ގޯތިބަހާދިނީތޯ އެބަބަލަންޖެހެއެވެ.
މިނިސްޓްރީއެއް ނުވަތަ މުއައްސަސާއެއް ހިންގުމާ ހަވާލުވެ ހުންނަމީހަކަށް އެތަނެއްހިންގުމަށް ހަދާފައި ހުންނަ ޤާނޫނުތައް ނޭގޭ ކަމަށް ވާނަމަ އެމީހަކަށް އެތަނެއް ޤާނޫނާއެއްގޮތަކަށް ނުހިންގޭނެއެވެ. އޮފީހާ ހަވަލުވެގެން ހުންނަތާ އެއްއަހަރުވާފަހުން އެއޮފީސް ހިންގުމުގެ ޤަވާއިދު ތިމަންނައަށް ފެނުނީ މިދިއަ ހަފްތާގައޭ ބުނުމުން ތިމާއަށް މިއަދާކުރެވެނީ ޒިއްމާދާރު ވަޒީފާއެއްތޯ އަމިއްލައަށްވެސް ވިސްނާލަން އެބަޖެހެއެވެ. މިއަދު މުނިސިޕަލްޓީ ހިންގެވުމުގައި ޤާނޫނާޚިލާފަށް ކަންތައްތަކެއް ކުރެވިފައިވާނަމަ ތިމަންނައަށް ޤާނުނެއްއޮތްކަން އެގުނީ އިއްޔެއޭ ބުނުމުން ސަލާމަތްވާނެތޯއެވެ. މިހިރަ ކަހަލަ ސަބަބުތަކާހެދި ސަރުކާރުގެ ނުވަތަ އެހެންވެސް ޒިއްމާދާރުވަޒީފާ ތަކުގައި ތިބޭމީހުން އެމީހަކާ ހަވާލުވެފައި އޮންނަ މަސައްކަތަކަށް މާބޮޑަށްވެސް ފަރުވާތެރިވެ ޒިއްމާ އުފުލަންއެބަ ޖެހެއެވެ. ނޫންނަމަ މުނިސިޕަލްޓީގައި ވެފައިވާހެން ޤާނޫނާ ޚިލާފު އެތައްކަމެއް އެހެން މުއައްސަސާ ތަކުންވެސް ފެންމަތިވާންފަށާފާނެއެވެ. އެކަމުގެ ސަބަބުން އާންމު މަސްލަހަތު ގެއްލި ކޮރަޕްޝަނަށް މަގުފަހިވާނެ ކަން ކަށަވަރެވެ.
އިޝްތިހާރު ކުރެއްވުމަށް