ބޮޑިގާޑު ޝާހިދުގެ ފައިބިންދައިގެން ދިއައީ އޭނަގެ ކުށުން.
ރާއްޖޭގައި ހިންގަމުންގެންދާ އަމިއްލަ ޓީވީ ޗެނަލެއްކަމުގައިވާ ދިޓީވީ އަށް ދާދިފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވި ބަސްދީ ގަތުމެއްގައި އެމަނިކުފާނަށް ކުރިމަތިކުރި ސުވާލެއްގައި މިހާރު ރާއްޖޭގައި މިހިގާ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަމަށް މއ ނެވަރ ޝާހިދު ބުނެފިއެވެ،
މީނާ މިހެންބުނީ މިހާރު ވެރިކަމުގައި ހުންނެވި މުހަންމަދު ނަޝީދު ( އަންނި ) ގެ ސަރުކާރަކީ އޯގާތެރި ސަރުކާރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ޝާހިދު ބުނީ އޭނާ މިވަނީ މިސަރުކާރުން ކުރި އަނިޔާގެ ސަބަބުން ވަރަށްބޮޑު އަދަވަޅަކަސްވެއްޓިފައި ކަމަށެވެ، އެއީ މީނާ ބުނާގޮތުން ވިއްޔާ މިސަރުކާރުން ވަނީ މީނާގެ އެއްފައި ބިންދާލާފައެވެ، މި ... ބުނަނީ 20 ޖުލައި 2009 ގައި ރައްޔިތަކަށް އަނިޔާއެއް ދިނުމަށް ސަރުކާރުން ހިންގި ޖަރީމާއެއްގައި މީނާގެ ފައި ބިންދާލީ ކަމަށެވެ. އެހެންވީމާ މިކަމާ ރައީސް ނަޝީދު ޒިއްމާވެވަޑައި ނުގަންނަވާނުތޯ ޝާހިދު ރައީސް އަރިހުގައި ދެންނެވިއެވެ،
މި ޝާހިދަކީ ޑީއާރުޕީގެ ޒައީމު ނުވަތަ ކުރިން ރާއްޖޭގައި ޚުދުމުޚުތާރު ވެރިކަމެއް 30 އަހަރު ވަންދެކަށް ހިންގި ކިބިގަސްދޮށުގޭ މައުމޫނު ވެރިކަމުން ވަކިކުރީމަ އޭނަގެ ބޮޑީގާޑެއްގެ ގޮތުގައި މައުމޫނުގެ ފަރާތުން އައްޔަނުކޮށްފައިވާ މީހެކެވެ، މީނަގެ މަސައްކަތަކަށް އޮންނަނީ މައުމޫނު އެކިތަންތަނަށްދާއިރު އޭނަގެ ބޯކޮޅުބެލުމާ ، މީހަކު މައުމޫނަށް އަނިޔާއެއްދީފާނެތީ މައުމޫނު ހިމާޔަތް ކުރުމެވެ، އަދި މައުމޫނު ދަތުރުކުރާއިރު މީހަކު ސައިކަލެއްގައި އައިސް މައުމޫނު ކާރުގައި ޖައްސަފާނެތީ މިކަމަށް ސަމާލުވެ އިނުމެވެ،
މައުމޫނަށް ހެއުއެދޭ މީހުން އަތުން އެކިފަހަރު ގިނަ އަދަދުން ފައިސާ ލިބޭ މީ ޝާހިދުގެ ފައިބިންދައިގެން ދިއުމަށް މެދުވެރިވި ސަބަބަކީ ، މައުމޫނު ފުލުސްއޮފީހަށް ގެންދިއަރޭ ދިފާއީ ބާރަށް ހުރަސް އެޅުމުގެ ގޮތުން އަލިވާގޭ ދޮށުގައި ހަރަކާތްތަކެއް ހިންގުމަށް ފަހު މައުމޫނު ފުލުސް އޮފީހަށް ގެންދިއަ މަގުމަތީ ދިފާއީ ބާރު ހުއްޓުވާލުމަށް އިސްލާމީ މަރުކަޒުގެ އިރުން އޮންނަމަގުން ކުއްލިއަކަށް ސިފައިންގެ ވޭން ކުރިމައްޗަށް ދުވެފައި ނިކުތީއެވެ، އެވަގުތު ސިފައިންގެ ވޭން ދުއްވާފައި ދިއަ ސްޕީޑުން ކުއްލިއަކަށް މަތަނުކުރެވި މީނާގައިން ނައްޓައްކުރިމަސައްކަތުން ފައިގާޖެހި ފައިބިންދައިގެން ދިއައީއެވެ، އެހާދިސާއަކީ މީނަގެ ފުރާނަ ދާފަދަ ނުރައްކާ ހާދިސާއެކެވެ،
މިކަންހިގުމުން މީނާއަށް ޑިއާރުޕީ އިންވެސް ވަނީ އެކަށިގެންވާ އަޅާލުމެއްނުދީފައެވެ، އެހެންކަމުން އަމިއްލަމީހެއްހެ އެހީގައި އިންޑިއާއަށްގޮސް ބޭސްކުރުމުގެ ސަބަބުން ދަޑީގަޑެއްގެ އެހީގައި ހިގާއުޅެވޭވަރު ވެފައިވާކަމަށް މީނާއާއެކީ މައުމޫނުގެ ބޮޑިގާޑަކަށް މަސައްކަތްކުރާ މީހަކު މައުލޫމާތު ދިނެވެ.
އަމިއްލައަށް ފުރާނަދުއްވާލުމަށް މަސައްކަތްކޮށް އެކަންނުވުމުން މިހާރުގެ ސަރުކާރުގައި އެތުހުމަތު އަޅުވާ ސަރުކާރަށް އެއްޗެހިކިޔާ ބަދުނާމުކުރުމަށް މަސައްކަތް ކުރަނީއެވެ. މީ ވަކިމީނަ އެކަނި ކުރާކަމެއްނޫނެވެ، ޑީއާރުޕީ ގެ މުޅި ވިސްނުން ވަނީ މިސަރުކާރަށް އުދަގޫކޮށް ސަރުކާރު ބަދުނާމު ކުރުމަށް ފޫގަޅާފައެވެ، މިއީ އޭގެ ތެރެއިން އާންމުމީހުންގެ ހާލަތު ހުރިވަރެވެ. ދެން އެހެންމީހުން ގެ ރޭވުން ހުންނާނެ ވަރު ވިސްނާލުން ބުއްދިވެރިއެވެ.
އިޝްތިހާރު ކުރެއްވުމަށް